ކައުންސިލާ ބެހޭގޮތުން
ހުސެއިން ފާއިޒް
"ހުރިހާ އަތޮޅެއްގައިވެސް ރައްކާތެރި އަދި އޯގާތެރި ފަރުވާ ކަށަވަރުކުރުން"
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް (އެމް.އޭ.އެޗް.ސީ) ގެ ރަސްމީ ޕޯޓަލްއަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އެލައިޑް ހެލްތު ދާއިރާގެ ފަންނުވެރިންނަކީ އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމުގެ މައިބަދައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމުގައި މި ދާއިރާގެ ފަންނުވެރިން އަދާކުރަނީ ނުހަނު މުހިންމު ދައުރެކެވެ. އެމް.އޭ.އެޗް.ސީގެ އަމާޒަކީ ފަންނުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ޚިދުމަތުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ ފަންނީ މިންގަނޑުތައް ހަރުދަނާކޮށް، އަޚްލާޤީ ހަމަތައް ކުރިއެރުވުމާއި، ފަންނުވެރިންގެ ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، މުޅި ރާއްޖޭގައި އެލައިޑް ހެލްތު ދާއިރާތައް ބަލައިގަނެވޭ މިންވަރު އިތުރުކޮށް، އެ ދާއިރާތައް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމެވެ. ފަންނުވެރިންނާއި، ތަޢުލީމީ މުއައްސަސާތަކާއި، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޤާބިލު، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަންނީ ޖީލެއް ބިނާކުރުމަށެވެ. ތިޔަ ބޭފުޅުން ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ. އެލައިޑް ހެލްތު ޚިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދިވެހިރާއްޖެއަށް ދުޅަހެޔޮ މުސްތަޤުބަލެއް ހޯދައިދިނުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ. އިޚްތިރާމާއެކު، މި ޕްލެޓްފޯމަކީ އަޅުގަނޑުމެންގެ ރެގިއުލޭޓަރީ ނިޒާމު ފަސޭހައިން ބޭނުންކުރެވޭނެ އަދި ދެފުށް ފެންނަ ނިޒާމަކަށް ހެދުމަށް ތައްޔާރުކުރެވިފައިވާ ޕްލެޓްފޯމެކެވެ. ތިޔައީ ލައިސަންސް އާކުރާ ފަންނުވެރިއެއް ކަމުގައިވިޔަސް، ޕްރޮގްރާމް އެކްރެޑިޓޭޝަން ހޯދަން ބޭނުންވާ އިންސްޓިޓިއުޝަނެއް ކަމުގައިވިޔަސް، ނުވަތަ ޚިދުމަތްދޭ ފަރާތެއްގެ މަޢުލޫމާތު ކަށަވަރުކުރަން ބޭނުންވާ އާންމު ރައްޔިތެއް ކަމުގައިވިޔަސް، މި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ފަރުމާކުރެވިފައިވަނީ އަޅުގަނޑުމެންގެ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް އެހީތެރިވުމަށެވެ.
ހިންގުން (ގަވަރނަންސް)
ތަޢާރަފު
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެލައިޑް ހެލްތު ދާއިރާގެ ފަންނީ މަސައްކަތްތެރިންގެ ކަންކަން ތަރުތީބުކޮށް ބެލެހެއްޓުމަށްޓަކައި، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތްތެރިންގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އެލައިޑް ހެލްތު ދާއިރާގެ މަސައްކަތްތެރިން ރަޖިސްޓްރީކުރުމާއި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތަކާއި އުޞޫލުތައް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން، ތަމްރީނުދޭ މަރުކަޒުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަނޑައަޅައި ބަލައިގަތުމާއި، މަސައްކަތުގެ އަޚްލާޤީ މިންގަނޑުތައް އެކުލަވައިލައި، އެ މިންގަނޑުތަކާ ޚިލާފުވާ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީވެސް މި ކައުންސިލްގެ ޒިންމާއެކެވެ.
ކައުންސިލް މެންބަރުން
އެމް.އޭ.އެޗް.ސީ ހިންގަނީ ޞިއްޙީ ފަންނުވެރިންގެ ޤާނޫނު 13/2015 ގެ ދަށުން އައްޔަންކުރެވިފައިވާ ރަޖިސްޓްރީކޮށްފައިވާ އެލައިޑް ހެލްތު ފަންނުވެރިންނާއި، އަދި އާންމުންގެ މަންދޫބުން ހިމެނޭ ކައުންސިލަކުންނެވެ.
ފިއުނާޒް ވަހީދު
ޖުވޭރިޔާ ސަލީމް
ޝުވޭކާރ ސާލިޙް
މަރިޔަމް ޝިރުދާ އުސްމާން
ފާތިމަތު ތާޙީރާ
ފާތިމަތު އިލްޙާމާ
ފާތިމަތު ނެސްތާ މުޙައްމަދު
އައިޝަތު މާޖިދާ ހަސަން
އަލްފީން އަދްނާން އިސްމާއިލް
ސެކްރެޓޭރިއަޓް
ކައުންސިލްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ، ޤާނޫނީ އަދި ރަޖިސްޓްރޭޝަންގެ ކަންކަން ބަލަހައްޓާ ފަރާތް. މި ފަރާތުން ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގައި އެހީތެރިވެދެއެވެ.
ސަބް-ކޮމިޓީތައް
ތަޢުލީމު، ލައިސަންސިންގ އަދި ޑިސިޕްލިނަރީ މައްސަލަތައް ބަލާ ފަންނީ ކޮމިޓީތައް. މި ކޮމިޓީތަކުން ކައުންސިލަށް ލަފާދީ، ޚާއްޞަ ދާއިރާތަކުން މިންގަނޑުތައް ކަނޑައަޅައެވެ.
ޓެކްނިކަލް ކޮމިޓީ
އެލައިޑް ހެލްތު ދާއިރާއާ ގުޅޭ ޓެކްނިކަލް ލިޔެކިޔުންތަކާއި، އުސޫލުތަކާއި (ގައިޑްލައިންތައް) އަދި ފަންނީ މިންގަނޑުތައް އެކުލަވާލައި މުރާޖަޢާ ކުރުމާއި، އެލައިޑް ހެލްތު ކަންކަމުގައި ކައުންސިލަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
ޑިސިޕްލިނަރީ ކޮމިޓީ
ހުށަހެޅޭ ޝަކުވާތަކާއި ފަންނީ ސުލޫކާ ޚިލާފުވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ބަލައި މުރާޖަޢާ ކުރުމާއި، ކައުންސިލްގެ ގަވާއިދުތަކާއި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ އިސްލާޙީ އަދި ސުލޫކީ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުން
ކައުންސިލްގެ އޮނިގަނޑު
ކައުންސިލް ބޯޑަކީ ޖަމިއްޔާގެ އެންމެ މަތީ ފެންވަރެވެ. އިދާރީ ސެކްރެޓޭރިއަޓާއި ފަންނީ ސަބް-ކޮމިޓީތަކުގެ އެހީތެރިކަމާއެކު، ކައުންސިލްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ރެގިއުލޭޓަރީ މަސައްކަތްތައް ބަލަހައްޓައެވެ.

ތަޞައްވުރު، މިޝަން އަދި ސްޓްރެޓީޖިކް އަމާޒުތައް
ތަޞައްވުރު
ކައުންސިލުގައި ރަޖިސްޓަރީވެފައިވާ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފޯރުކޮށްދެނީ ޤާބިލު އަދި ފެންވަރު ރަނގަޅު އެލައިޑް ހެލްތު ޚިދުމަތްތަކެއްކަން ކަށަވަރުކޮށްދޭ، އަޚްލާޤީ މިންގަނޑުތަކާއި ފަންނީ ހުނަރުވެރިކަމުގައި ރަނގަޅު ނަމެއް ހޯދާފައިވާ، ކުރިއަރަމުންދާ ސަރުކާރުގެ އެންމެ އިސް ރެގިއުލޭޓަރީ މުއައްސަސާތަކުގެ ތެރޭގައި ހިމެނުން
މިޝަން
އެލައިޑް ހެލްތު ފަންނުވެރިން ރަޖިސްޓަރީކޮށް، ލައިސަންސް ދީ، އަދި އެ ފަންނުތައް ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓާ ހިންގުމުގެ ތެރެއިން، ޤާބިލުކަމާއި ނަޒާހަތްތެރިކަމުގެ ފަންނީ މިންގަނޑުތައް ކަނޑައަޅައި، އަޚްލާޤީ މިންގަނޑުތައް ހިފަހައްޓައި، ފަންނީ ކުރިއެރުމަށް މަގުފަހިކޮށްދީ، ފެންވަރު ރަނގަޅު އެލައިޑް ހެލްތު ޚިދުމަތްތަކެއް ކަށަވަރުކޮށްދީގެން، ފަންނުވެރިންނާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ޙިމާޔަތްކުރުން.
ސްޓްރެޓީޖިކް އަމާޒުތައް
1. ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާކުރުން 2. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކުރިއެރުވުން 3. އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން 4. ފެންވަރު ރަނގަޅު ތަޢުލީމީ މިންގަނޑުތައް ޤާއިމުކުރުން
