އެލައިޑް ހެލްތު ލައިސަންސިންގ އިމްތިޙާނު
ޤައުމީ ލައިސަންސިންގ އިމްތިޙާނަކީ ދިވެހިރާއްޖޭގައި އެލައިޑް ހެލްތު ފަންނުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާނެ އަސާސީ ކްލިނިކަލް ޢިލްމު ހުރިކަން ކަށަވަރުކުރުމަށް ކައުންސިލުން ނަގާ މުހިންމު އިމްތިޙާނެކެވެ.
އޯވަރވިއު (ތަޢާރަފު)
މި އިމްތިޙާނަކީ އަލަށް ކިޔަވައި ނިމިގެން ނުކުންނަ ދަރިވަރުންނަށާއި، ބިދޭސީ ފަންނުވެރިންނަށް އަމާޒުކޮށްގެން ދެވޭ އިމްތިޙާނެކެވެ. އިމްތިޙާނު ފަރުމާކުރެވިފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ކްލިނިކަލް ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތް ދެނެގަތުމަށެވެ.
މެޑިކަލް ރަޖިސްޓްރޭޝަން އިމްތިޙާނުގައި ޢަމަލުކުރާނެ އިޖުރާއަތްތައް
އެޕްލިކޭޝަން ހުށަހަޅުން
އިމްތިޙާނުގައި ބައިވެރިވުމަށްޓަކައި އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ރަޖިސްޓްރޭޝަން މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
ލިޔެކިޔުންތައް ވެރިފައިކުރުން
ތަޢުލީމީ ސެޓްފިކެޓްތަކުގެ ޞައްޙަ ކޮޕީ (ތަޢުލީމީ މަރުކަޒުން ސީދާ ފޮނުވާފައިވާ) އަދި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިމްތިޙާނު ފީ ދެއްކުން
އިމްތިޙާނު ފީ ދައްކާފައިވާ ރަސީދު އެޕްލިކޭޝަނާއެކު ހުށަހަޅަންވާނެއެވެ.
އިދާރީ ރިވިއު
ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ނުވަތަ ޞައްޙަނޫން މަޢުލޫމާތެއް ހުރިނަމަ އެޕްލިކޭޝަން ކައުންސިލްގެ ސެކްރެޓޭރިއަޓުން ބާޠިލުކުރާނެއެވެ.
އިމްތިޙާނުގެ ތާވަލު
އިމްތިޙާނުގެ ނަތީޖާ ބެއްލެވުން
އިމްތިޙާނުގެ ނަތީޖާ ބެއްލެވުމަށްޓަކައި، ކެންޑިޑޭޓްގެ އައިޑީ ކާޑު/ޕާސްޕޯޓް ނަންބަރު އަދި އިންޑެކްސް ނަންބަރު ހުށަހަޅުއްވާށެވެ.
